ހުކުރުދުވަހު ވިލިނގިލީގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެނީ

ވިލިނގިލީގެ ޒުވާނުންގެ ޓީމަކާއި ކުރީގެ ކުޅުންތެރިންގެ ފަރާތުން އެކުލަވާލާ ޓީމަކާއި ދެމެދު ކުޅެވޭ ހާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު 1600 ގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ވިލިނގިލީގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 2 އަހަރަށްވުރެ ގިނަދުވަހު ދަނޑު ބަންދުކޮށްފައި އޮތުމަށްފަހު، ފުޓްބޯޅަ ކުޅެން ފަށާފައިވާ މިދަނޑިވަޅުގައި، މިމެޗަކީ މިކުޅިވަރުގެ ފޯރި އިތުރުކުރުމަށް އެޅޭ ބާރަކަށް ވާނެކަމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ކުޅުންތެރިން ކަމަށްވާ މުހައްމަދު އަފްރާހް ވަނީ ހާމަކޮށްފައެވެ.

މިމެޗުގައި ކުޅޭ ކުރީގެ ކުޅުންތެރިންގެ ޓީމުގައި ކުރިން ވިލިނގިލީ މަސްވެރިންގެ ކްލަބާއި، ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނޭނެއެވެ. މިމެޗް ކުޅެން ނިންމާފައިވަނީ މާލޭގައި ދިރިއުޅޭ ކުރީގެ ކުޅުންތެރިން، އަހަރު ޗުއްޓީގައި ވިލިނގިލީގައި ތިބި ދުވަސްވަރާއި ދިމާކޮށެވެ.

މިމެޗް ބައްލަވާލެއްވުމަށް ވީހާވެސް ގިނަ ރައްޔިތުން ދިއުމަކީ މިކަން އިންތިޒާމް ކުރާ ކުލުންތެރިންގެ ވަރަށް ބޮޑު އެދުމެކެވެ.

Leave a Reply